ރެއާލް މެޑްރިޑްގެ ކޯޗް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ފުރުސަތު އެ ޓީމްގެ ކޯޗް ރަފޭ ބެނިޓޭޒްއަށް ދޭން ޖެހޭ ކަމަށާއި އޭނާއާ އެކު ރެއާލްއަށް ކާމިޔާބު ލިބޭނެ ކަމަށް އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑު 'ސެންތިއާގޯ ބެރުނަބޭއޯ' ސްޓޭޑިއަމްގައި ބާސެލޯނާ އަތުން 4-0 ގެ ނާތިޖައަކުން ބަލިވި މެޗަށް ފަހު ބެނިޓޭޒްއާއި ޕެރޭޒްއަށް އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ސެންތިއާގޯ ބެރުނަބޭއޯ ސްޓޭޑިއަމްގެ 'ޕްރެޒިޑެންޝިއަލް ބޮކްސް'ގައި ރޭ މީޑިއާއާ ވާހަކަ ދައްކަމުން ޕެރޭޒް ވަނީ ބެނިޓޭޒް ދިފާއުކޮށްފަ އެވެ.

ޕެރޭޒް ވިދާލުވީ ރެއާލްގެ ކޯޗްކަމަށް ބެނިޓޭޒް އިހްތިޔާރުކޮށްފައި ވަނީ އޭނާގެ ޓްރެކް ރެކޯޑާއި ތަޖުރިބާއާއި ގާބިލު ކަމަށް ބެލުމަށް ބެލުމަށްފަހުގައި ކަމަށާއި އަދި ރެއާލްގެ އޮތް ސްކޮޑާ އެކު އޭނާއަށް ކާމިޔަބު ހޯދޭނެ ކަމަށް ގަބޫލު ކުރަތީ ކަމަށެވެ.

"ބެނިޓޭޒްއަށް އަހަރެމެންގެ ފުރިހަމަ ސަޕޯޓާއި އިތުބާރު އެބައޮތް... ރެއަލްއާ އެކު ބެނިޓޭޒް ހޭދަ ކުރަމުންދަނީ އަދި ހަމަ ސީޒަނެއްގެ ފެށުން. އޭނާއަށް ރެއާލްގެ ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ދޭން ޖެހޭ. ބެނިޓޭޒްއާ އެކު ރެއާލްއަށް ކާމިޔާބު ލިބޭނެ،" ބެނިޓޭޒް ވިދާޅުވި އެވެ.

ޖަނަވަރީ އިން ފެށިގެން ރެއާލްގެ ސްކޮޑަށް ގިނަ މައްސލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން މީސޒަން ފެށުނު ފަހުންވެސް ރެއާލްގެ ސްކޮޑަށް ބޮޑެތި އިންޖަރީގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ޕެރޭޒް ފަހަގަ ކުރި އެވެ.

ޓީމް ނެގުމުގައި ބެނިޓޭޒްގެ ފުރިހަމަ ބާރު އޮތްކަމާ މެދު ބައެއް ފަރާތްކުން ސުވާލު އުފައްދާތީ އެކަމާ ބެހޭ ގޮތުން ޕެރޭޒްއާ ސުވާލު ކުރުމުން އޭނާ ބުނީ ފުރަތަމަ އެގާރައަށް ކުޅުންތެރިން ނެގުމުގައި އެއްވެސް މީހެއްގެ ނުފޫޒެއް ނޯންނާނެ ކަމަށާއި އެކަމުގެ ފުރިހަމަ އިހްތިޔާރު ބެނިޓޭޒްއަށް އޮންނާނެ ކަމަށެވެ.

"ހޮނިހިރު ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމުމާ މެދު އަހަރެމެންގެ ސަޕޯޓަރުން ކަންބޮޑުވާނެ ކަން އަހަންނަށް އެނގޭ. އެމެޗްގައި ކުޅުންތެރިންނަށް ދެއްކީ އެންމެ ރަނގަޅު ޕާފޯމަންސެއް ނޫން. އަހަރެން ސަޕޯޓަރުންނަށް ގޮވަލަން ކުޅުންތެރިންނާއެކު ތިއްބަވާށޭ،" 30 މިނެޓަށް ބޭއްވި ޕްރެންސް ކޮންފަރެންސްގައި ޕެރޭޒް ވިދާޅުވި އެވެ.

ރެއާލްގެ ރައީސް ކަމުން ޕެރޭޒް އިސްތިއުފާ ދިނުމަށް ގޮވާލަމުންދާތީ އެކަމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ހާއްސަކޮށް ރެއާލްގެ ސަޕޮޓަރުންނާއި މެންބަރުންގެ ފަރާތުން އޭނާއާ މެދު އަޑު އުލަތީ އެކަމަށް އިހްތރާމް ކުރާ ކަމަށާއި ރެއާލްގެ ސަޕޯޓަރުންނަކީ އެމީހުންގެ ޑިމާންޑް ބޮޑު ބައެއް ކަމަށެވެ.

އެކަމަކު ބައެއް ނުސްވެރިން އޭނާއާ ރެއަލްގެ ގުޅުން ހީނަރު ކުރުމަށް މަސައްކަތް ކުރަމުންދަ ކަމަށެވެ. އަދި އެފަދަ ފާރްތަކަކީ ދޮގުގެ މަތީގައި ދިރިއުޅެމުންދާ މީހުން ކަމަށާއި އޭނާއަށް އެކަން ބަލައިނުގަނެވޭ ނެ ކަމަށެވެ.

"އަހަންނާ ރެއާލް މެޑްރިޑާ ދެމެދު އޮންނަ ގުޅުން ޙިނަރު ކުރުމަށް ކުރަމުންދާ މަސައްކަތް ބަލއެއް ނުގަނެވޭނެ. އެފަދަ ކަންކަން މިހާރު ވެސް އަދި މުސްތަގުބަލުގައި ވެސް ވިޔަކަ ނުދޭނަން،" ނޫސްކޮންފަރެންސް ނިންމާލަމުން ޕެރޭޒް ވިދާޅުވި އެވެ.