ރައީސް އޮފީހުގައި ކޮމިއުނިކޭޝަން ޑިޕާޓްމެންޓެއް އުފައްދައި އެ ޑިޕާޓްމެންޓްގެ ޗީފް ކަމަށް ޓީވީއެމްގެ ކުރީގެ ސީއީއޯ އަލީ ހާލިދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކޮމިއުނިކޭޝަން ޑިޕާޓްމެންޓްގެ ބޭނުމަކީސަރުކާރުން ހިންގަވަމުން ގެންދަވާ މުހިންމު ކަންކަމާއި މައުލޫމާތު ޙިއްޞާކުރުން ހަރުދަނާ ކުރެއްވުން ކަމަށެވެ.

އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުން ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމަށް މާފަންނު ފިނިފަރު ޢަލީ ޚާލިދު، ރައީސް ޔާމީން އައްޔަން ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓް އުފެއްދެވުމާ ގުޅިގެން، އެ އޮފީހުގެ ޕްރެސް އެންޑް ކޮމިޔުނިކޭޝަންސް ސެކްޝަނުގެ މަސައްކަތްތަކާއި ޕަބްލިކް އެފެއާޒް ސެކްޝަނުގެ މަސައްކަތްތައް ހިނގަމުންދާނީ އެ ޑިޕާޓްމެންޓްގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.