މޫސުން ގޯސްވެ ގަދަވަޔާ އެކު ވިއްސާރަ ކުރާނެތީ، ހދ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު އެލާޓްގައި ބުނީ އެ ސަރަހައްދުތަކަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހި ވިދާ ގުގުރާނެ ކަމަށެވެ. އަދި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭނެ ކަމަށް އެލާޓްގައިވެ އެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހި ގަދަޔަށް ވައި ޖެހެމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކާއި މަސްވެރިން ވެސް މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.