އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޓޭބަލް ޓެނިސް ޔޫތު ކޭމްޕުން ދަސްވި ޓެކްނިކްސްތައް ލޯކަލް އަދި ބައިނަލްއަގުވާމީ މުބަރާތްތަކުގައި ބޭނުން ކުރެވި ކުރިއެރުންތައް ލިބޭނެ ކަމަށް ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ލައިސާ ފަތުﷲ (ލައި) ބުނެފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދިޔަ މިޓްރޭނިންގް ކޭމްޕް ނިންމައި މިއަދު މާލެ އައިސް "ސަން"އާ ވަހަކަ ދައްކަމުން ލައި ބުނީ ރާއްޖޭގައި ޓްރޭނިން ހަދާ މެތަޑްތަކާއި އޯސީއޭ ކޭމުޕުން އެނގުނު މެތަޑްތަކާއި ތަފާތު ތަކެއް ހުރި ކަމަށާއި އޭނާގެ ސްޓޭންޑަށް ވުރެ ހައި ކުޅުންތެރިންނާއެކު ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުން ގިނަ އެއްޗިހި ތަކެއް ދަސްވި ކަމަށެވެ.

އޯސީއޭ ޓްރޭނިންގައި ބައިވެރިވި ލައިސާއާ (ކ) އާއި ފަރީޒް (މ) އަދި ޓީީ އެސޯސިއޭޝަންގެ އޮފިޝަލެއް --- ޓީޓީ އެސޯސިއޭޝަން

އެންމެ ބޮޑު ތާފާތަކީ ޓްރޭނިން ޕްރޮގްރާމްގެ އެންމެ ބޮޑު ތަފާތަކީ ސާވިސް ކުރާ ގޮތް ކަމަށާއި ދިވެހި ކުޅުންތެރިންނާ މި ކޭމްޕުގައި ޓްރޭނިންގައި ބައިވެރިވި ކުޅުންތެރިން ސާވިސް ކުރާ ގޮތް ތަފާތުތަކެއް ހުރި ކަމަށެވެ.

ދެ ހަފުތާގެ މުއްދަތައް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ލައިސާގެ އިތުރުން ޒުވާން ކުޅުންތެރިޔާ ފަރީޒު ވެސް ކޭމްޕުގައި ބައިވެރިވި ޓްރޭނިން ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަންގެ ރައީސް ލަތީފު ވިދާޅުވީ އެ ޓްރޭނިން ކޭމްޕުގެ ފުރުސަތު ދިނުމުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.