ދައުލަތުގެ ހެލްތު އިންޝުއަރެންސް ސުކީމް 'ހުސްނުވާ އާސަންދަ' އިން ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް މީހުން ފޮނުވުމަށް މިއަހަރު 900 މިލިޔަން ރުފިޔާ ހަރަދުވި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކުރީ ރާއްޖެ ،ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާގައި ދެއްކި ވީޑިއޯ ރިޕޯޓެއްގަ އެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭން ބޭރުން ބޭސްފަރުވާކުރުމަށް ދިޔަ ދިވެހިންނަށް ހުސްނުވާ އާސަންދައިގެ ދަށުން ދައުލަތުގެ ބަޖެޓުން 1.06 ބިލިޔަން ރުފިޔާ ހަރަދުވި ކަމަށާއި މި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 900 މިލިޔަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

ސިއްހީ ދާއިރާ އިން މި އަހަރު ސަރުކާރަށް ހާސިލު ކުރެވުނު އިތުރު ކަންތައްތަކުގެ ގޮތުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ މެޑިކަލް އޮފިސަރުންނާއި ސްޕެޝަލިސްޓުން ތިބި އަދަދު 312 އިން 572 އަށް އިތުރު ކުރުން ހިމެނެ އެވެ. މިހާރުގެ ސަރުކާރުން 260 ޑޮކްޓަރުން އަލަށް ހިދުމަތަށް ނެރުނު ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރާއްޖެ ޑަބްލިއުއެޗްއޯއާ ގުޅުނުތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި މިނިސްޓަރުންނާއި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ބައިވެރިވެވަޑައިގެންނެވި އެވެ.

ްއެ ޖަލްސާ އަށް ހަމައެކަނި ވެއްދީ އެމްބީސީ އެކަންޏެވެ.

ް