09 Dec 2015, 11:25
މަޝްހޫރު ގޭމިން ޕްލެޓްފޯމް "ޕްލޭސްޓޭޝަން" އިން މެސެޖިން އެޕްލިކޭޝަން އެއް ތައާރަފުކޮށްފި އެވެ.
އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ރިލީޒް ކުރި އެ އެޕްލިކޭޝަން އަކީ ޕްލޭސްޓޭޝަންގެ ކޮމްޕޭނިއަން އެޕްލިކޭޝަން އެއްގެ ގޮތުގައި ބޭނުން ކުރުމަށް އުފެއްދި އެޕްލިކޭޝަނެކެވެ.
އެ އެޕްލިކޭޝަން ބޭނުން ކުރެވޭނީ ހަމައެކަނި ޕްލޭސްޓޭޝަން ނެޓްވޯކް (ޕީއެސްއެން) ނެޓްވޯކްގައި ހިމެނޭ ފަރާތްތަކާ ވާހަކަ ދައްކާ ޓެކްސްޓް ކުރުމަށެވެ.
އެކި ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް މެސެންޖާ އާއި ލައިން އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތައް މަސައްކަތް ކުރާގޮތަށް އެ އެޕްލިކޭޝަން ވެސް މަސައްކަތް ކުރާނެ ކަމަށް ޕްލޭސްޓޭޝަނުން ވަނީ ބުނެފަ އެވެ.
ވައިބާ ފަ އެޕްލިކޭޝަންތައް ފަދައިން ޕްލޭސްޓޭޝަނުގެ އެޕްލިކޭޝަންގައި ވެސް ގްރޫޕް ހަދާ ޓެކްސްޓް ކުރެވޭނެ އެވެ. އަދި ގްރޫޕަކަށް 100 އާ ހަމައަށް މެމްބަރުން އެއް ކުރެވޭނެ އެވެ.
އެ އެޕްލިކޭޝަންގެ ސަބަބުން ކޮންމެހެން ޔޫސަރުންނާ ވާހަކަ ދައްކަން ބޭނުންވާ ނަމަ ޕްލޭސްޓޭޝަން އަށް ލޮގިން ވާކަށް ނުޖެހޭނެ އެވެ. އެހެން ކަމުން ޕްލޭސްޓޭޝަން އާ ދުރުގައި ހުރެގެން ނަމަވެސް އެހެން ޔޫސަރުންނަށް މެސެޖު ފޮނުވޭނެ އެވެ.