ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެކަމަށް މީހުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި "އެސްޓީއޯ ކެއާސް" ގެ ނަމުގައި އެސްޓީއޯ އިން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

އާޓީފިޝަލް ބީޗް ސަރަހައްދުގައި "ކޭން ޑޫ" ޖަމްއިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ އެ ހަވީރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާން ފަންޑު ހޯދުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ހަވީރު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ ގައުމަށް ތަރައްގީ މުހިއްމުވާ ފަދައިން ޚާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް އަޅާލުން މުހިއްމު ކަމަށެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެސްޓީއޯގެ ޗެއާމަން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެންކަމުން އެކުދިންނަށް ބޭނުންވާ އޯގާތެރިކަމާ އަޅާލުން ލިބޭނެ ފަދަ ގޮތަކަށް މުޖުތަމައުގެ އަމަލުތައް ބަހައްޓަން ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތަފާތު އެކި ހަރަކާތްތަކާ އެކު ކުރިއަށް ދިޔަ އެ ހަވީރުގައި ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ.