މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ޑިޕާޓުމަންޓުން ކޮށްފައިވާއިއުލާނެއްގައިބުނެފައި ވަނީ ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ 170 ދަރިވަރަކަށް ލޯނު ދިނުމަށް އެ ޑިޕާޓުމަންޓުން ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ 74 ދަރިވަރަކަށް ލޯނު ދިނުމަށް އެ ޑިޕާޓުމަންޓުން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ހެދުމަށް ލޯނު ދޫކުރާ ދާއިރާތައް:

  • ނާސިން (ޑިޕްލޮމާ)
  • ޓީޗިން (ޑިޕްލޮމާ)
  • ޓީޗިން (ބެޗްލާސް ޑިގްރީ)
  • ނާސިން (ބެޗްލާސް ޑިގްރީ)
  • އެކައުންޓިން އެންޑް ފައިނޭންސް (ބެޗްލާސް ޑިގްރީ)
  • ސްކިލް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް (ބެޗްލާސް ޑިގްރީ)
  • ސްކިލް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް (މާސްޓާސް ޑިގްރީ)

ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހެދުމަށް ލޯނު ދޫކުރާ ދާއިރާތައް:

  • ނާސިން (ބެޗްލާސް ޑިގްރީ)
  • ޓީޗިން (ބެޗްލާސް ޑިގްރީ)
  • ކޮމިއުނިކޭޝަން ޑިޖިޓަލް ޓެކްނޮލޮޖީ (ބެޗްލާސް ޑިގްރީ)
  • އޭސީސީސީއޭ (ބެޗްލާސް ޑިގްރީ)
  • ސްކިލް ޝޯޓޭޖު ލިސްޓުގައިވާ އެހެނިހެން ދާއިރާތައް (ބެޗްލާސް ޑިގްރީ)
  • ސްކިލް ޝޯޓޭޖު ލިސްޓުގައިވާ ދާއިރާތައް (މާސްޓާސް ޑިގްރީ)

އިއުލާނުގައި ބުނެފައި ވަނީ ރާއްޖޭގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 5 އިން ފެށިގެން އެމް.އެން.ކިޔު.އެފް. ލެވެލް 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށްވާން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ކޯހެއްނަމަ އެމް.އެން.ކިޔު.އެފް ލެވެލް 7 އިން ފެށިގެން 9 ގެ ފެންވަރާ ދެމެދުގެ ކޯހެއްގައި ކިޔެވުމަށް އެދޭ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ލޯނު ލިބޭނެ ޝަރުތުތައް:

  • ފުލްޓައިމް ދަރިވަރުންގެ ގޮތުގައި ކިޔަވަން ހުށަހަޅާ ފަރާތަކަށްވުން.

  • ފުރިހަމަކުރަން ބޭނުންވާ ކޯހަކީ ސްކިލްސް ޝޯޓޭޖު ލިސްޓުގައި ފާހަގަ ކުރެވިފައިވާ ކޯހަކަށްވުން.
  • ލޯނުއެހީ ލިބިގެން ކިޔަވާ ނިމިފައިވާ ދަރިވަރެއްނަމަ ލޯނު ފައިސާ ދައްކައި ޚަލާޞްކޮށްފައިވުން

ހަޔާ އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެޕްލިކޭޝަންފޯމު ދޫކުރުމާއި އަދި ބަލައިގަތުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ކަމަށެވެ.