ދިވެހި ފުލުހުންގެ މުއައްސަސާއަށް އަލަށް 59 ފުލުހަކު ގުޅި، ފުލުހުންގެ ގާނޫނީ ހުވާ ކޮށްފި އެވެ.

ފުލުހުންގެ ތެރެއަށް އަލަށް ގުޅުނު ފުލުހުން ހުވާކުރުން އޮތީ މިކަމަށް ޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފުލުހުންގެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ ފުލުހުންގެ ގާނޫނޫ ހުވާ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ތިބެ ފުލުހުން ކުރަންޖެހޭނެ ކަމަށެވެ. އަދި އެ ހުވާގައި ދެމި ތިބުމަކީ ކޮންމެ ފުލުހަކަށް ވެސް ގާނޫނުން ލާޒިމްކޮށްފައިވާ ކަމެކެވެ.

ފުލުހުންގެ ދައުރަކީ ގާނޫނު ބުނާ ގޮތުން މަދަނީ ދައުރެކެވެ. އަދި ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ގާނޫނު އަސާސީ ހިމާޔަތް ކުރުމާއި މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަން ގާއިމްކުރުން ހިމެނެ އެވެ.