ޗެލްސީ ވެއްޓިފައިވާ އަނދަވަޅުން އަރައި ނުގަނެވިގެން އުޅެނިކޮށް އެ ޓީމްގެ ކޯޗްކަމުން މޮރީނިއޯ ވަކިކުރި ފަދައިން މެންޗަސްޓާ ޔުނައިޓެޑް ގެ ކޯޗް ކަމުން ލޮއިސް ވެންހާލް ވަކިކޮށްފާނެތީ އޭނާ ބިރުގަންނަ ކަމަށް ބުނެފި އެވެ.

ޗެލްސީގެ ކޯޗް ކަމުން މޮރީނިއޯ ވަކިކުރުމުން ވެންހާލް ބުނީ އެނާ އަށް އެ ހަބަރު ލިބުމުން ފުރަތަމަ ގަބޫލް ވެސް ނުކުރެވުނަ ކަމަށާއި އެ ހަބަރުން ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ. އަދި މިހާރު ޔުނައިޓެޑްގެ ކޯޗް ކަމަށް މޮރީނިއޯ ގެންނަށް އުޅޭ ވާހަކަތައް ވެސް އަޑުއިވެމުންދާ ކަމަށެވެ.

"އަހަރެންގެ އެއްވެސް މައްސަލަ އެއް ނެތް. އަހަރެން ތަކުރާރުކޮށް ބުނަމުން އަންނަ ވާހަކައެއް މިއީ އެއް ދުވަހަކުން ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވެވޭނެއޭ. އަހަރެންނަށް ފެނޭ ނޫސްތަކުގައި ތަފާތު ވާހަކަތަށް،" ވެންހާލް ބުންޏެވެ.

ވެންހާލް ވަކިކުރުމަށް ފަހު މޮރީނިއޯ އެ މަގާމަށް ގެންނަ ވާހަކަ އިނގިރޭސި މީޑިއާގައި ގަދަވެފައިވާ މި ދުވަސް ކޮޅު ވެންހާލް އެކަމާއި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ހާމަކުރަމުން އޭނާ ބުނީ އޭނާގެ ފުރިހަމަ އިތުބާރު ޔުނައިޓެޑްގެ ބޯޑަށާއި ކުޅުން އިބައޮތް ކަމަށެވެ.

ޔުނައިޓެޑްގެ ކޯޗްކަން ސާ އެލެކްސް ފާގަސަން ދޫކޮށްލިމަށް ފަހު އެ ޓީމާ ހަވާލުވި ޑޭވީޑް މޮއިސް އަށް ވެސް އެ ޓީމަށް ކާމިޔާބީއެއް ހޯދައިނުދެވި ވަކިކޮށްފައިވާ އިރު ވެންހާލް އަށް ވެސް އަދި ވަނީ އެ ޓީމަށް ޓްރޮފީއެއް ހޯދައި ދިނުމަށް ނުކުޅެދިފަ އެވެ.

"އަހަރެމެން އިބަ ޖެހޭ ނަތީޖާ ނެރެން. މެޗް ތަކުން މޮޅުވާން. އަހަރެން ވެސް ކުޅުންތެރިން ވެސް އެންމެން ވެސް އެކަން ގަބޫލުކުރޭ. އެކަމާ އެއްވެސް ސައްކެތް ނެތް. މާގިނަ މެޗް ތަކަކުން ބަލިވުމުން އަހަރެންނަށް ވެސް ބައެއް ފަހަރު ހީވެ ދެން ނޯންނާނެ އިތުރު އެއްވެސް ގޮތެއް،" ވެންހާލް ބުންޏެވެ.

ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ފަސް މެޗްގެ ތެރެއިން ވެސް އެ ޓީމަށް މޮޅެއް ލިބިފައި ނުވާ އިރު ލީގްގައި އެ ޓީމް އޮތީ ކުޅުނު 16 މެޗުން 29 ޕޮއިންޓް ލިބިގެން ތާވަލުގެ ހަތަރު ވަނައިގަ އެވެ.

ލީގްގައި މިރޭ ޔުނައިޓެޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ލީގްގެ ފުލުން ތިން ވަނާގައި އޮތް ނޯވެޗް ސިޓީއާ ދެކޮޅަށް އެ ޓީމް ނިކުންނަ މެޗުން ތިން ޕޮއިންޓް ހޯދައިގެން ނުތަނަވެސް ވެފައިވާ ސަޕޯޓަރުން ހުނިތުން ކޮށްލުމަކީ ވެންހާލް ކޮނެމްހެން ވެސް ކުރަންޖެހޭ ކަމެކެވެ.