ދަތުރެއް ކުރުމަށް ފަހު ހދ. ނޮޅިވަރަމު ފަޅުތެރެއަށް ވަންނަން އުޅެނިކޮށް ބަނދަރުގެ ބޭރު ތޮށީގައި ޖެހި ދިޔަވެން ފެރީއެއް އަޑިއަށް ހިނގައްޖެ އެވެ.

ނޮޅިވަރަމް ކައުންސިލުގެ ނައިބު ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ މިއަދު ފަޅަށް ވަންނަން އުޅެނިކޮށް ތޮށިގަނޑުގައި ޖެހި ދިޔަވެގެން އަޑީއަށް ގޮސްފައިވަނީ އެރަށުގައި ދުއްވާ ފެރީ ދޯންޏެއް ކަމަށެވެ. އަދި އޭރު ފެރީގައި ތިބީ ހަތަރު ފިރިހެނުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ހދ ނޮޅިވަރަމު ފަޅުތެރެއަށް ވަންނަން އުޅެނިކޮށް ތޮށީގައި ޖެހި ދިޔަވެގެން އެރަށުގައި ދުއްވާ ފެރީ ދޯންޏެއް އަޑިއަށް ދިއުމުން ނެގުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ އެފްބީ

އަޑިއަށް ދިޔަ ފެރީ ނޮޅިވަރަމު ފަޅުތެރެއަށް މިހާރު ވައްދާފައިވާއިރު ފެރީ މައްޗަށް ނެގުމުގެ މަސައްކަތް އެރަށުގެ ރައްޔިތުން ދަނީ ކުރަމުންނެވެ. ޝަރީފު ވިދާޅުވިގޮތުން އެ މަސައްކަތުގައި " ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ" އެވެ.

"އަޅުގަނޑުމެން ވާނީ އެމްއެންޑީއެފް އަދި ފުލުހުންގެ އެހީތެރިކަމަށްވެސް އެދިފައި. އަދި އެވެސް ފަރާތަކުން ހަބަރެއް ނުލިބޭ" ޝަރީފް ވިދާޅުވި އެވެ.

ސަންއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ފެނުން މައްޗަށް ފެންނަން ހުރީ ދޯނީގެ ގެގަނޑުގެ ބައެއްގެ އިތުރުން ދޯނީގެ ދިރުނބާކޮޅެވެ.