30 Dec 2015, 09:17
ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ކަލާސް ޓީވީ އިން ދައްކަމުން އަންނަ ހެއްވާ މަޖާ ޝޯވް، "ކޮމެޑީ ނައިޓްސް ވިތު ކާޕިލް" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝޯވް އެކެވެ.
މަޝްހޫރު ކޮމީޑިއަން ކާޕިލް އާ އެކު އިތުރު ތަރިން ތަކެއް ވެސް ބައިވެރިވާ އެ ޝޯވް، ހުއްޓާލަން އުޅޭ ކަމުގެ ހަބަރުތައް ދާދި ފަހުން ވަނީ ފެތުރިފަ އެވެ.
ހަބަރުތައް ބުނާ ގޮތުން، އެ ޝޯވް ކޮންމެ ހަފްތާ އަކު ގެނެސްދިނުމުގެ ބަދަލުގައި ސީޒަނަލް ކޮށް ގެނައުމަށް ކާޕިލް ވަނީ ކަލާސް ޗެނަލުގައި އެދިފަ އެވެ.
ކާޕިލް އެގޮތަށް އެދުނު މައިގަނޑު ސަބަބަކީ ކޮންމެ ޝޫޓިންގެ އެއްގެ މެދުން އޭނާ ޗުއްޓީއެއް ބޭނުން ވާތީ ކަމަށް ހަބަރުތައް ބުނެ އެވެ.
އޭނާގެ ގާތް ފަރާތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، ކާޕިލް ވީ މިވަގުތު ރަށުން ބޭރުގައި ކަމަށާއި، ޝޯވް އެހެން ޗެނަލް އަކުން އޮން އެއާ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެނބުރި ގޮއްސަ ކަމަށެވެ.
"އިސްތިހާރެއް ޝޫޓު ކުރުމަށް ކާޕިލް ވީ މިވަގުތު ރަށުން ބޭރުގައި. އެ ޝޯވް އެހެން ޗެނަލަކުން އޮން އެއާ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ރަށަށް އެނބުރި އައިސް. ފަހަރެއްގައި ޗުއްޓީއެއް ވެސް ނަގާފާނެ"، ކާޕިލްގެ ގާތް ފަރާތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
ކާޕިލްގެ ޝޯވް ހުއްޓާލަން އުޅޭ ކަމުގެ އަޑު ފެތުރުމާ ގުޅިގެން، ކަލާސް ޓީވީގެ ސީއީއޯ ރާޖު ނަޔަކު އަށް ވަނީ ގިނަ ބައެެއްގެ ފާޑު ކިއުން އަމާޒު ވެފަ އެވެ.
ކާޕިލް އަކީ ކޮމީޑިއަން އެއްގެ އިތުރުން، އެކްޓަރެއް، ޕްރެޒެންޓަރެއް، ޕުރޮޑިއުސަރެއް އަދި ލަވަކިޔުންތެރިއެއްވެސް މެ އެެވެ.