ބަނގުރާ ފުޅިއަކާ އެކު ފަސް މީހަކު ވިލިމާލެއިން ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިެނަކާއި 26 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ، އެ ފަސް މީހުން ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލެ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ރަށު ގެސްޓު ހައުސް އެއްގެ ކޮޓަރިއަކުން ކަމަށެވެ.

އެ ފަސް މީހުން ހައްޔަރު ކުރުމަށް ފަހު އެމީހުން ތިބި ކޮޓަރި ބަލައި ފާސް ކުރި އިރު ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.