06 Jan 2016, 11:08
ބަޔާން މިއުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ އެ ކްލަބު ދޫކޮށްލަން ނިންމީ އިންގްލެންޑްގެ ޕްރިމިއާ ލީގްގެ ޓީމަކަށް ކޯޗް ކޮށްދިނުމަށް ކަމަށް އޭނާ ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ބާޔާންއާ އެކު ހަދާފައިވާ އެއް ބަސްވުން ހަމަވާ އިރު އެ ކުލަބުން އެދުނު ނަމަވެސް އޭނާ އެއްބަސްވުން އާ ކޮށްފައި ނުވާ އިރު ގާޑިއޯލާ ބުނީ އޭނާ ބޭނުން ވަނީ އާ ސިޓީއެއްގައި ތަޖުރިބާ ކޮށްލަން ކަމަށާއި އެގޮތުން އިންގްލެންޑް ހިޔާރު ކޮށްފައިވާ ކަމަށެވެ.
"އަހަރެންނަށް ވަރަށް ގިނަ ހުށެހެޅުންތައް އާދޭ އިނގިރޭސި ޓީމުތަކުން. އެކަމަކު އަދި އެއްވެސް ހުށަހެޅުމެއް ގަބޫލެއް ނުކުރަން،" ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ގިނަ ކްލަބުތަކަކުން އޭނާ އަށް ޝައުގުވެރުކަން ފާޅު ކޮށްފައިވާ އިރު އޭގެ ތެރެއިން އެންމެ ބޮޑެތި ކްލަބްތައް ކަމަށްވާ މެންޗަސްޓާ ޔުނައިޓެޑާ، މެންޗަސްޓާ ސިޓީއާއި ޗެލްސީ އަދި އާސެނަލްއާ ވެސް ގާތް ގުޅުންތަކެއް ބާއްވާ ކަމަށް އަޑުފެތުރިފައިވާ އުމުރުން 44 އަހަރުގެ ގާޑިއޯލާ ބުނީ އިންގްލޭންޑްގައި މަސަތްކަތް ކުރަން ލިބިފައިމިވާ ދަނޑިވަޅަކީ އޭނާގެ އުމުރުން ވެސް އެ ފަދަ ބަދަލެއް ގެންނަށް އެންމެ އެކަށީގެންވާ އުމުރު ކަމަށާއި އެހްނެވެ ޕްރިމިއާ ލީގަށް ބަދަލުވާން ނިންމީ ކަމަށެވެ.
ކޯޗެއްގެ ގޮތުގައި 2008 ވަނަ އަހަރު ބާސެލޯނާއިން ފެނިގެންދިޔަ ގާޑިއޯލާ ވަނީ އެ ކްލަބުގައި ހޭދަ ކުރި ހަތަރު ސީޒަނުގައި އެ ކުލަބާއި އެކީ ތިން ފަހަރު ލީގާއި ސުޕާކަޕް ކާމިޔާބުކޮށް ދެ ފަހަރު ކޮޕަ ޑެލެރޭ އާއި ޗެމްޕިއަންސްލީގާއި ޔުއެފާ ސުޕާ ކަޕާއި ކްލަބް ވޯލްޑް ކަޕް ވެސް އުފުލާލާފަ އެވެ.
ބާސާ ދޫކޮށް 2013 ވަނަ އަހަރު ބަޔާންއާ ގުޅުނު ގާޑިއޯލާ ވަނީ އެ ކްލަބާ އެކު ހޭދަ ކުރި ދެ އަހަރުގައި ދެ ފަހަރި ލީގް ކާމިޔާބުކޮށް ޔުއެފާ ސްޕާ ކަޕާއި ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި މިހާރު ބަޔާން އޮތީ ލީގް ތާވަލުގެ އެއްވަނާގައި 46 ޕޮއިންޓާ އެކު ދެވަނާގައި އޮތް ބުރޫޝިޔާ ޑޯޓްމަންޑް އަށް ވުރެން އަށް ޕޮއިންޓް އިތުރަށް ލިބިގެންނެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ ދެ ލީގްގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ގާޑިއޯލާ ފާހަގެވެގެން ދަނީ އޭނާ ކޯޗުކޯށްދިން ކޮންމެ ކްލަބަކަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ މޮޅު ކޯޗެއްގެ ގޮތުގަ އެވެ. ނަމަވެސް ހުރިހާ ކޯޗުން ވެސް ފާހަގަ ކުރާ ފަދައިން އެންމެ އުނދަގޫ ލީގްގެ ގޮތުގައި މަސްހޫރު ވެފައިވާ އިނގިރޭސި ލީގްގައި އޭނާ އަށް އެ ފަދަ ކާމިޔާބީއެއް ހޯދިދާނެ ކަމާއި މެދު ގިނަ ކޯޗުން އަންނަނީ ސުވާލު އުފައްދަމުންނެވެ.