ގާނޫނުގައި ބުނާ މުއްދަތު ހަމަވިތާ އެތައް އަހަރެއް ފަހުން ކުޑަކުދިންގެ ހާއްސަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރު އަޅަން އިއުލާނުކޮށްފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސްދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރަންޖެހޭނެ އެވެ.

އެ ގާނޫނު ފާސްކޮށްފައި ވަނީ 2011 ޑިސެމްބަރު މަހު އެވެ.

މިމަހުގެ ތިންވަނަ ދުވަހު ނެޝަނަލް ޑްރަގް އެޖެންސީއިން ކުރި އިއުލާނުގައި ބުނެފައިވަނީ ކ. ހިންމަފުށީގައި ކުޑަކުދިންގެ އިސްލާހީ މަރުކަޒު ގާއިމްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެ އެޖެންސީއަށް ގޮސް މިމަހުގެ 14 އަދި 24 ވަނަ ދުވަހުގެ މެންދުރު ކުރިން މައުލޫމާތު ސާފު ކުރުމަށް އިއުލާނުގައި ވަނީ އެދިފަ އެވެ.