07 Jan 2016, 22:39
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ތިން މުވައްޒަފަކަށް އެ ކުންފުނީގެ ހަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދީފި އެވެ.
އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އެ ފަރާތްތަކާ ހައްޖު ދަތުރު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެމްޓީސީސީގެ މުވައްޒަފަކަށް ހައްޖު ދަތުރު ލިބުނުކަމުގެ ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު
ހައްޖު ދަތުރު ލިބުނު ތިން ފަރާތަކީ އަބްދުލް މުހުސިނާއި އަހުމަދު ސާޖިދުގެ އިތުރުން ހަސަން އަލީ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ހަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވާނެ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެމްޓީސީސީގެ މުވައްޒަފަކަށް ހައްޖު ދަތުރު ލިބުނުކަމުގެ ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު
އެމްޓީސީސީން އެކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވަން ނިންމައި އެކަން މިރޭ އިއުލާނު ކުރިއިރު ރޭ އިސްލާމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ހަރަދުގައި ކޮންމެ އަހަރަކުވެސް އެ މިނިސްޓްރީގެ މުވައްޒަފަކު ހައްޖަށް ފޮނުވާނެ ކަމަށް އިއުލާނުކޮށްފައެވެ. އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ވެސް ވަނީ ކޮންމެ އަހަރަކުވެސް މުވައްޒަފުން ހައްޖަށް ފޮނުވާނެކަން އިއުލާނުކޮށްފައެވެ.