އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ކޮޓަރިއަށް ބަދަލުކޮށްފި އެވެ.

ވިލިފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ ނިހާން އިއްޔެ ކޮޓަރިއަށް ބަދަލުކޮށްފައިވާ ކަމަށާއި ނިހާންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

"މިހާރު ނިހާންގެ ހާލު ރަނގަޅު، އިއްޔެ ވަނީ ކޮޓަރިއަށް ބަދަލުކޮށްފައި." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ނިހާންއަށް ފަރުވާން ދޭން ފަށާފައި ވަނީ ނޭވާލުމަށް ކުރިމަތިވި އުނދަގޫތަކެއްގެ ސަބަބުން ކަމަށާއި މިހާރު އެކަން ބޮޑުތަން ރަނގަޅު ކަމަށެވެ.

ނިހާން އަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.