18 Jan 2016, 16:32
ދިރާގުން ޕޯސްޓްޕެއިޑް ސްމާޓުފޯނު "ގިވްއަވޭ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ހަތް ނަސީބުވެރިންނަށް ސްމާޓު ފޯނު ލިބިއްޖެ އެވެ.
މިމަހު 11 ވަނަ ދުވަހުން އަންނަ ފެބުރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެންމެ ފަހުގެ ސުމާޓް ފޯނު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
މިއަދު ފޯން ލިބުނީ، އިބްރާހީމް ރަޝީދު ހއ. ކެލާ. ސީސަންގެ އާއި އަަބްދުﷲ ޝަރީހު، ރޯސްމީޑްގެ، ބ. އޭދަފުށި އާއި އަހުމަދު އާމިރު ބ. ކަމަދޫ، ސަން ލައިޓް އާއި ޒަރީން ނަސީރު، ގ. ކާމިނީ އިރުމަތީގެ އާއި މުހައްމަދު ސައީދު ނިވާދޮށުގެ ލ. މާބައިދޫ އާއި މުހައްމަދު އަފީފު ހަސަން ގ. އިޝްރާގު އާއި ހާރޫނު އިބްރާހީމް ލައިނޫފަރުގެ ދ. ކުޑަހުވަދޫ އަށެވެ.
އެ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް ލިބޭ ފޯނުތަކަކީ، އެޕަލް އައިފޯން6 އެސް، އެޕަލް އައިފޯނު6 އެސް ޕްލަސް، ސެމްސަންގް ގެލެކްސީ އެސް6 އެޖްގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް6 އެޖް ޕްލަސް އެވެ.
ދިރާގުން ބުނީ، ޕޯސްޓްޕެއިޑު ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ފަރާތްތަކުން އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށެވެ.
އެގޮތުން މިހާރު ވެސް ދިރާގު ޕޯސްޓްޕެއިޑު ބޭނުންކުރަމުންދާ ފަރާތްތަކާއި އަލަށް ޕޯސްޓްޕެއިޑު ބޭނުންކުރާ ފަރާތްތަކަށް ވެސް އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ޕޯސްޓްޕެއިޑު ސުމާޓު ފޯނު ގިވްއަވޭ ޕްރޮމޯޝަން އަކީ އާ އަހަރާއި ގުޅުވައިގެން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަން އެކެވެ.
އަދި އެފަދަ އެހެނިހެން ހަރަކާތްތައް ދިރާގުގެ އެހެނިހެން ޕްރޮޑަކްޓުތައް ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި އަހަރު ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.