ފެމެލީ ކޯޓުގެ ގާޒީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ އިބްރާހީމް އަކީ ކްރިމިނަލް ކޯޓަށް ނުކުންނަވާނީ އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޒަހީން ވިދާޅުވީ އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމާފައި ވަނީ އޭނާ އެގޮތަށް އެ ކޮމިޝަންގައި އެދިވަޑައިގަތުމުން ކަމަށެވެ.

އިބްރާހީމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރިނަމަވެސް އޭނާގެ ބަދަލުގައި ކްރިމިނަލް ކޯޓުން އެ ކޯޓަށް ގާޒީއަކު ހަމަޖައްސަން ނިންމާފައިނުވާ ކަމަށް ވެސް ޒަހީން ވިދާޅުވިއެވެ.