26 Jan 2016, 16:58
ތިނަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވަންދެން ދިރާގުގެ ފަރާތުން، އެ ރަށަށް 75 ކިލޯވޯޓުގެ ޖަނަރޭޓަރެއް ހަދިޔާކޮށްފިއެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް "ސަން"އަށް މިއަދު ވިދާޅުވީ، ކަރަންޓު ނެތް ދުވަސްވަރު ބޭނުން ކުރުމަށްޓަކައި ދިރާގުން 75 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ތިނަދޫއަށް ހަަދިޔާކޮށްފައިވާ ކަމަށެވެ.
އެޖަނަރޭޓަރު ބޭނުންކޮށްގެން ބޭނުންވާ މުއައްސަސާއަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ދިރާގުން އެދޭ ކަމަށް ވެސް އިމްޖާދު ވިދާޅުވި އެވެ.
ތިނަދޫގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ފޯނުޗާޖް ކޮށްދިނުމުގެ ހިދުމަތާއި ފެން ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ދިރާގުން ވަނީ ފަށާފައެވެ.
ތިނަދޫ އިންޖީނުގޭގައި ރޭ ދަންވަރު އަލިފާންރޯވެ އަނދައި ހުލިވެފައިވާއިރު އެރަށުން ކަރަންޓާއި ފެނުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. ތިނަދޫއަށް ކަރަންޓް ހިދުމަތް ދިނުމަށް އެކި ރަށްރަށުން ޖަނަރޭޓަރު ގެންދިއުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.