މާލޭގެ ގެއަކަށް ހުއްދަނެތި ވަތް މީހަކު 150 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ސ. ހިތަދޫ، އަތިރީއާގޭ މުހައްމަދު ސަލާހު ސިދުގީ 150 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު މއ. ސިރާޒީ ކަންމަތީބައިގެ ހަތަރު ވަނަ ބުރީގައި ހުންނަ މީހުން ދިރިއުޅޭތަނަކަށް އެތަނުގައި ތިބި މީހުންގެ ހުއްދަ ނުހޯދައި ވަދެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ވެއެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކުރީ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނެވެ.

ސަލާހު ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފައެވެ.