01 Feb 2016, 11:10
ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫނަށް ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ "ސަން" އަށް މިއަދު ވިދާޅުވީ ގައްސާން މައުމޫނަށް ޔޫތު މިނިސްޓްރީ ހިންގެވުން ހަވާލު ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށެވެ.
"އެއީ ދެން ހަމަ އާދައިގެ މަތީން މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ ވާތީ އެ މިނިސްޓްރީއެއް ހިންގުން އެހެން ބޭފުޅުންނާއި ވެސް ހަވާލުކުރައްވާ އުސޫލުން ޔޫތު މިނިސްޓްރީ ހިންގެވުން ގައްސާނާއި ހަވާލުކުރެވިގެން ދިޔައީ،" މުއާޒު ވިދާޅުވި އެވެ.
ޣައްސާންއަކީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެކެވެ.