01 Feb 2016, 20:52
ބ. އަތޮޅުގައި ހަދަމުން ދާ ކަނިފުށި ރިސޯޓްގެ ބީޗް ވިލާއެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްގައި ވަނީ އިރުއޮއްސި 6:20 ކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކައަށް ހާނީއްކައެއް ވެފައެއް ނުވެއެވެ.
ފުލުހުން ބުނީ އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަލަށް ހުޅުވަން ތައްޔާރުކުރަމުން އަންނަ އެ ބީޗް ވިލާގައި އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ.