07 Feb 2016, 21:52
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.
މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު "ސަން" އަށް މިރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ނުބާއްވަން ނިންމީ މަޖިލީހުގެ ޗެމްބަރު ތެރޭގައި ކަރަންޓު ޝޯޓެއްވެ، ހިނގާދިޔަ އަލިފާނުގެ ހާދިސާއިން މަޖިލިސް ޗެމްބަރު މަރާމާތުކޮށް ނުނިމޭތީ ކަމަށެވެ.
"މި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ހަމަގައިމު ވެސް ބޭއްވޭ ވަރެއް ނުވާނެ،" އަމީން އާއްމު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަ ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މަޖިލިސް ޗެމްބަރު ތެރޭގައި ހިނގާދިޔަ ހާދިސާގެ ސަބަބުން މަޖިލިސް ހުޅުވި ޖަލްސާ ވެސް ބާއްވާފައި ވަނި ދަރުބާރުގޭގަ އެވެ.