09 Feb 2016, 16:09
ހ. ރެވިމާގެ ފަސްވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި މިއަދު 2:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ވެއްޓުނު ބިދޭސީ މީހަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ވެއްޓުނީ ފަސްވަނަ ބުރިން ހަތަރުވަނަ ބުރި އަށެވެ.
އެނގިފައިވާ ގޮތުގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުވެ އެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން" އަށް މިއަދު ވިދާޅުވީ، ބިދޭސީ މީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.