14 Feb 2016, 11:17
ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ނިންމައިފި އެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހު މަޖިލިސް މި އަހަރަށް ހުޅުވިގެން ދިޔަ ނަމަވެސް މަޖިލީހުގެ ޗެމްބަރު ތެރޭގައި ކަރަންޓު ޝޯޓެއްވެ، ހިނގައި ދިޔަ އަލިފާނުގެ ހާދިސާ އިން މަޖިލިސް ޗެމްބަރު މަރާމާތުކޮށް ނުނިމޭތީ މަޖިލީހުގެ ޖަލްސާތައް އަދި ފަށައިފައެއް ނުވެ އެވެ.
ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން "ސަން" އަށް މިއަދު ވިދާޅުވީ މާދަމާ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން އެކަން އަންގާފައިވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާ ފަށާނީ މާދަމާގެ ހެނދުނު 9:00ގަ އެވެ.