މުމްބާއީގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ހަފުލާއަކަށް މެގަ ސްޓާ އަމީތާބް ބައްޗަން އަކަށް ނުދެވުނެވެ. އޭނާއަށް އެ ހަފުލާއަށް ނުދެވުނީ ބަލިވެ އުޅޭތީ އެވެ.

އެހެން ނަމަވެސް 73 އަހަރުގެ އެކްޓަރު ޔަގީންކޮށްދޭ ގޮތުގައި އޭނާގެ ބައްޔަކީ ކަންބޮޑުވާވަރު ކަމެއް ނޫނެވެ.

"...ޒީ އެވޯޑްއަށް ނުދެވުނު ކަމުގެ ހިތާމަ، އޮށޯވެ އޮވެ ކުރަން ޖެހިއްޖެ. ވީރް ދޭވްގަން އަށް އޭނާގެ ލައިފް ޓައިމް އެވޯޑް ނުދެވުނީތީ ދެރަވޭ،" އަމީތާބް ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ފަހުން އޭނާގެ ބްލޮގްގައި އޭނާ ލިޔެފައި ވަނީ ހަރަކާތް މަދުކޮށް، އޮށޯވެ އޮންނަން އޭނާ އަށް ޖެހުނު ކަމަށެވެ.

"...އެއީ ކަންބޮޑުވާރު ކަމެއް ނޫނެވެ. އެހެން ނަމަވެސް އެއީ އެފަދަ ކަމެކެވެ. އެކަމުގެ ސަބަބުން އަހަރެން ހޮރިޒޯންޓަލްކޮށް (އޮށޯވެ) އޮންނަން ޖެހިއްޖެ އެވެ. ވީހާވެސް ހަރަކާތް މަދުކޮށެވެ. މާސްޓާ އެކްޝަން ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި އަހަރެމެންގެ އަޖޭގެ ބައްޕައަށް ލައިފް ޓައިމް އެވޯޑް އަހަރެން ރައްދުކޮށްދިނުމަށް ހަމަޖެހިފައި އޮތް ޒީ އެވޯޑްސްގައި އަހަރެންނަށް ފެނި ނުލެވުނު ކަމުގެ މޮޅިން ލިބިފައިވާ ހިތާމަ ކުރާ ހާލުގަ އެވެ،" އަމީތާބް އޭނާގެ ބްލޮގްގައި ލިޔެފައިވެ އެވެ.

އެކްޓަރު އަޖޭ ދޭވްގަންގެ ބައްޕަ އަދި ކުރީގެ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަން އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތް، ޒީ ސައިން އެވޯޑްސްގައި ފާހަގަކުރި އެވެ. އަށްޑިހައަށް ވުރެ ގިނަ ހިންދީ ފިލްމުގެ ތަޅާ ފޮޅާ މަންޒަރުތައް ޑައިރެކްޓްކޮށްދީފައިވާ ވީރޫއަށް އެވޯޑް ރައްދުކޮށްދިނީ ޑައިރެކްޓަރެއް ކަމަށްވާ ރޯހިތު ޝެޓީ އެވެ. އޭނާއަކީ ވެސް އަޖޭ ދޭވްގަންގެ ރައްޓެއްސެކެވެ.

ވީރޫ އެވޯޑް ހަފުލާއަށް ދިޔައީ އޭނާގެ ޅީދަރި އަދި އެކްޓްރެސް ކާޖޮލްއައި އެކުގަ އެވެ.

ވީރޫއަކީ ބަސްމަދު މީހެއް ކަމުން، އެވޯޑް ލިބުމުން އޭނާ ބުނީ "ތޭންކް ޔޫ" މިހެން އެކަންޏެވެ. ( ދަ އިންޑިއަން އެކްސްޕްރެސް)