ވޮޝިންޓަން (ފެބްރުއަރީ 24): އެމެރިކާގެ ރިޕަބްލިކަން ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ޓަކައި ނެވާޑާ ސްޓޭޓުގައި ބޭއްވި ޕްރައިމަރީ ބިލިއަނަރު ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކުރައްވައިފި އެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ނިއުހޭމެޕްޝަޔާ އާއި ސައުތް ކެރޮލައިނާގައި ބޭއްވި ޕްރައިމަރީތައް ވެސް ކާމިޔާބުކުރައްވައިފަ އެވެ.

ރިޕަބްލިކަން ޕާޓީގެ އެހެން ކެނޑިޑޭޓުންގެ މައްޗަށް ޓްރަމްޕް ކުރިހޯއްދެވީ 43.4 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. ގާތްގަނޑަކަށް އެއްޕަސެންޓުގެ ތަފާތުން ދެވަނަ އާއި ތިން ވަނައިގައި އުޅުއްވަނީ ޓެކްސަސްގެ ސެނެޓާ ޓެޑް ކްރޫޒްއާއި ފްލޮރިޑާގެ ސެނެޓާ މާކޯ ރޫބިއޯ އެވެ.

"އަޅުގަނޑުމެން މިދަނީ މިގައުމުން ކުރި ހޯދަމުން. އަދި ވަރަށް އަވަހަށް މިގައުމު ވެސް ކުރިހޯދަން ފަށާނެ،" ޕްރައިމަރީ ކާމިޔާބުވުމުން ޓްރަމްޕް ވިދާޅުވި އެވެ.

ދެން އޮންނަ ޕްރައިމަރީ ބާއްވާނީ މިއަންނަ ހަފްތާގެ އަންގާރައިގަ 11 ސްޓޭޓެއްގަ އެއްފަހަރާ އެވެ. (ނޫސްއޭޖެންސީތައް)