މީގެކުރިން ދުނިޔޭގެ އެންމެ ބިލިއަނަރުން ގިނަ ސިޓީއެއްގެ ރެކޯޑު ހޯދަމުން ދިޔަ ނިއުޔޯކް ފަހަތަށް ޖައްސާލުމަށް ފަހު ފުރަތަމަ ފަހަރަށް އެލިސްޓުގެ އެއްވަނަ އަށް ޗައިނާގެ ވެރިރަރަށް ބެއިޖިންގް ޖެހިލައިފި އެވެ.

ރިޕޯޓުތަކުން ދައްކާގޮތުން ޗައިނާގެ ބެއިޖިންގްގައި 100 ބިލިއަނަރުން މިހާރު އެބަތިއްބެވެ. ކުރިން އެލިސްޓުގެ އެންމެ ކުރީގައި އޮތް ނިއުޔޯކްގައި ތިބީ 95 ބިލިއަނަރުންނެވެ. ޗައިނާގެ ޝަންހާއީ އަށް ލިބިފައި ވަނީ އެލިސްޓުން ފަސް ވަނަ އެވެ.

ދުނިޔޭގެ އެންމެ މުއްސަދިންގެ ލިސްޓުން ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ވޭތުވެދިޔަ އަހަރުވަނީ ޖާގަހޯދައިފަ އެވެ. އެލިސްޓުން ވޭތުވެ ދިޔަ އަހަރު ބެއިޖިންގެ 32 މީހަކު މުޅިން އަލަށް ޖާގަހޯދާފައިވާ ކަމަށް ލިސްޓު ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހުރުންއިން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ބިލިއަނަރުން ގިނަ ސިޓީގެ ލިސްޓުން ތިންވަނަ ހޯދާފައި ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯ އެވެ. އެއީ 66 ބިލިއަނަރުންނާ އެކު އެވެ. ޗައިނާގެ ބެއިޖިންގެ ސިޓީތަކުގެ ލިސްޓުން ޖާގަ ހޯދުމުގެ އިތުރުން ދުނިޔޭގެ އެންމެ ބިލިއަނަރުން ގިނަ ގައުމަކީ ވެސް މިހާރު ޗައިނާ އެވެ.

ނަމަވެސް ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ އެންމެ ކުރީ 10ގައި ވެސް ތިބީ އެމެރިކާ މީހުންނެވެ. ޗައިނާގައި ޖުމްލަ 568 ބިލިއަނަރުން ތިބި އިރު އޭގެތެރޭގައި އަލަށް އެލިސްޓަށް 90 މީހުން އިތުރުވެފައިވެ އެވެ. އެމެރިކާގައި ތިބި ބިލިއަނަރުންގެ އަދަދަކީ 535 ކެވެ.

މައުލޫމާތު: ބީބީސީ