ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތު މިދިޔަ ހަފްތާގައި ޖަލުން މިނިވަން ވެފައިވާ އިރު، އޭނާގެ ހިކުމަތްތެރިކަން ކުރިޔަށް ވުރެ އިތުރުވެފައިވާ ކަމަށް އޭނާގެ އާއިލާއާއި ގާތް މީހުން ބުނެފި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިންވަނަ އަހަރު ގަވައިދާއި ޚިލާފަށް ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށް ޖަލަށް ލުމަށް ފަހު، އެ މައްސަލައާއި ގުޅިގެން އޭގެ 20 އަހަރު ފަހަށް ވެސް ސަންޖޭއަށް އިރު އިރުކޮޅުން ދިޔައީ ހުކުމްކޮށް، ޖަލަށް ލަމުންނެވެ. އޭނާ އެންމެ ފަހުން ފުރިހަމަ ކުރީ 2013 ވަނަ އަހަރު އެވެ. ނަމަވެސް ފަސް އަހަރުގެ ޖަލު ހުކުމް ނުނިމެނީސް އޭނާ ޖަލުން ދޫކޮށްލީ އޭނާ ހެޔޮ އަޚްލާގު ދައްކާތީ އެވެ.

ސަންޖޭ ޖަލުން މިނިވަން ވެފައިވާ އިރު، އޭނާގެ އާއިލާއާއި ގާތް މީހުން ބުނާ ގޮތުގައި ސަންޖޭ ވަނީ ވަރަށް ބޮޑަށް ބަދަލު ވެފަ އެވެ.

ސަންޖޭގެ ޅިޔަނު ބުނި ގޮތުގައި، އާއިލާއިން އުންމީދު ކޮށްގެން ހުރީ، ސަންޖޭގެ މައްޗަށް ކުރި ހުކުމާ ގުޅިގެން އޭނާގެ އުޅުމަށް މާ ބޮޑު ބަދަލެއް ނައުމަށެވެ. އެހެން ނަމަވެސް މިއަދު ޖަލުން މިނިވަން ވުމަށް ފަހު، ސަންޖޭއަކީ އަޚްލާގު ރަނގަޅު، ހިކުމަތްތެރި މީހަކަށް ވެފައިވާ ކަމަށް އޭނާގެ ޅިޔަނު ބުންޏެވެ.

"މިދިޔަ އަހަރުތަކުގައި އޭނާއަށް ވަނީ އެކަނިމައި އެކަނި ހުރެ، ކަންކަމާ މެދު ވިސްނައި ހެދުމަށް ރަނގަޅު ފުރުސަތެއް ލިބިފައި. ހީވާ ގޮތުގައި ހަޔާތާ މެދު ވަރަށް ބޮޑަށް އޭނާ ވިސްނާފައި އެވަނީ. އޭނާ މިހާރު ދައްކާ ވާހަކަތައް އަޑު އެހުމަށް ގާތުގައި އިށީނދެ އިނުމަށް އަހަރެމެން ވެސް އުފާކުރަން،" ސަންޖޭގެ ޅިޔަނު އޮވެން ރޮންކޮން ބުންޏެވެ.

ސަންޖޭ ދަތުއާ ބައްދަލުވުމަށް ފަހު ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަމުން، އިންޑިއާގެ ފިލްމު ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ ބުނީ، ސަންޖޭ ދަތަކީ އަދިވެސް ކުރީގެ ސަންޖޭ ކަމަށާއި، ނަމަވެސް އޭނާގެ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަން އިތުރުވެފައިވާ ކަމަށެވެ.

"ޖަލުގައި ބަންދުވާ ކޮންމެ މީހަކަށް ވެސް އަންނާނެ ބަދަލެއް ކަންނޭނގެ މިއީ،" ގުޕްތާ ބުންޏެވެ.

މަސްދަރު: ޓައިމްސް އޮފް އިންޑިއާ