28 Feb 2016, 11:08
ތަރުކާރީ އާއި މޭވާ ވީހާވެސް ގިނައިން ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެންމެވެސް މުހިއްމު ކަމެކެވެ. ނަމަވެސް، ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތުން އެކަންކަމަކީ އެހާ ބޮޑު ސަމާލުކަމެއް ނުދީ ފަރުވާ ކުޑަކޮށްލެވޭ ކަންތައްތަކެވެ.
ދުވާލުގެ ބިޒީ ޝެޑިއުލުން މޭވާ ކޮޅެއް ކާލާނެ ވަގުތު ކޮޅެއް ނުލިބޭ އެތައް ބަޔަކު މި ދުނިޔޭގައި އުޅެ އެވެ. އެހެންކަމުން، ހެނދުނުގެ ނާސްތާގެ ތެރެއިން ނަމަވެސް، މޭވާ ކޮޅެއް ގެ ރަހަ ބަލާލެވޭނެ ގޮތެއް ހޯދަން އެބަ ޖެހެ އެވެ. އެގޮތުން، ހެނދުނުގެ ނާސްތާ އަށް ފުރުޓު ސްމޫތީސް ތައްޔާރުކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟
ސްޓްރޯބެރީ ޔޯގަޓު ސްމޫތީސް

ސްޓްރޯބެރީ އަކީ ވަރަށް ގިނަ ފަރާތްތަކަކަށް މީރު މޭވާ އެކެވެ. މީރު ރަހަ އާ އެކު އެކު މޭވާ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ކޮށްދޭ މޭވާ އެކެވެ. އެހެންކަމުން ދުވަހުގެ ފެށުމަކަށް ސްޓްރޯބެރީ ސްމޫތީ ބޭނުން ކުރެވިދާނެ އެވެ.
ބޭނުންވާ ތަކެތި: ހަތަރު ޖޯޑު ސްޓްރޯބެރީސް، އެއް ޖޯޑު ޕްލެއިން ޔޯގަޓު، އެއް މޭޒުމަތީ ސަމްސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް: ހުރިހާއެއްޗެއް އެއްކޮށްލުމަށް ފަހު ގުރައިންޑުކޮށްލާށެވެ.
ރާސްބެރީ-ބީޓު ސްމޫތީ
ބޭނުންވާ ތަކެތި: 150 ގުރާމް ބީޓު ރޫޓު(ކައްކާފައި)، 60 ގުރާމް ރާސްބެރީސް، 250 އެމްއެލް ކްރޭން ބެރީ ޖޫސް، 225 ގުރާމް ލޯފެޓު ޕްލެއިން ޔޯގަޓު،
ތައްޔާޜު ކުރާނެ ގޮތް: ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ގުރައިންޑު ކޮށްލާށެވެ.
ޓޮމާޓޯ ސްމޫތީ

ޓޮމާޓޯ އަކީ ހިތުގެ ބަލިތަކުން ހިތް ރައްކާތެރިކޮށްދޭ މޭވާ އެކެވެ.
ބޭނުންވާ ތަކެތި: 225 ގުރާމް ލޯ ފެޓު ޔޯގަޓު، ދެ ޓޮމާޓޯ، (ތޮށި މަސާފައި އަދި ކުދިކުދިކޮށް ކޮށާފައި)، މޭޒުމަތީ ސަމްސަލެއްގެ ދެބައި ކުޅަ އެއްބައި ބޭސިލް(ޑްރައިޑު)، މޭޒުމަތީ ސަމްސަލެއްގެ ދެބައި ކުޅަ އެއްބައި ލޮނު، ޗެރީ ޓޮމާޓޯސް އަދި އައިސް
ތައްޔާރު ކުރާނެ ގޮތް: ހުރިހާއެއްޗެއް އެއްކޮށްލުމަށް ފަހު ގުރައިންޑުކޮށްލާށެވެ.