29 Feb 2016, 14:34
މިދިޔަ ސީޒަންގައި ބީޖީގެ ގޯލް ބެލހެއްޓި އިބްރާހިމް އިފްރާހް ޢަރީފް މިސީޒަންގައި ވިކްޓްރީއަށް ކުޅެން ސޮއިކޮށްފި އެވެ.
ސަންއާ ވާހަކަ ދައްކަމުން، މިދިޔަ އަހަރު ބީޖީގެ ކެޕްޓަންކަން ވެސް ކުރި އިފްރާހް ބުނީ ވިކްޓރީއަށް ސޮއި ކުރީ އެޓީމުން ހުށަހެޅި ހުށަހެޅުން ރަނގަޅު ވުމުން ކަމަށެވެ.
އިފްރާހް ވިކްޓރީ އަށް ސޮއި ކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ގައުމީ ޓީމުގެ ތިން ވަނަ ގޯލް ކީޕަރު ބުނީ މިއަދު ވިކްޓްރީއާ އެކު ޕްރެކްޓީހަށް ނިކުންނާނެ ކަމަށެވެ.
ވިކްޓްރީ އިން ވަނީ މިސީޒަނަށް ކްލަބު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހަތަރު ބިދޭސީ ކުޅުންތެރިން ގެނައުމަށް ނިންމައިފަ އެވެ.
ވިކްޓްރީގެ ކޯޗް މުޙައްމަދު ނަޒީހް ކުރިން ބުނެފައި ވަނީ މާދަމާ އޭގެ ތެރެއިން ތިން ކުޅުންތެރިން ރާއްޖެ އަންނާނެ ކަމަށެވެ.