07 Mar 2016, 17:32
މިއަދު ހަވީރު އަލިކިލޭގެފާނު މަގުން ދަނިކޮށް ވަޅިއަކުން ބޮލަށް ހަމަލާދީ ޒަހަމްކޮށްލި 25 އަހަރުގެ ފިރިހެނަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ މިއަދު 4:30 ހާއިރު ބޮލުގެ ވައަތް ފަރާތައް ވަޅިއަކުން ހަމަލާދީގެން ގެނެވުނު މީހަކަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ޒީނަތު ވިދާޅުވީ ވަޅި ހަރާފައިވަނީ ބޮލުގެ ވައަތް ފަރާތަށް ކަމަށާއި ނަމަވެސް ލިބިފައިވަނީ ވަރަށް ކުޑަ ޒަހަމްތަކެއް ކަމަށެވެ. އެހެންކަމުން ފަރުވާ ދިނުމަށްފަހު ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒީނަތު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު 4:19 އެހާއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.