09 Mar 2016, 16:12
ނ. ފޮއްދޫ ގޮނޑުދޮށުން ބަރުދަނުގައި 10 ކިލޯ ހުރި، މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އެ ރަށު ހުޅަނގު ފަރާތު، ފުޓުބޯޅަ ދަނޑާ ދިމާލުން ރާޅުފެން ފަށުން އެ "މާވަހަރު" ހޮވާފައި ވަނީ އެ ރަށު މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅޭ ށ. ފޯކައިދޫ، ފާތިމަތު ވަސީމާ ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ސަނީ މިއަދު ސަން އަށް ވިދާޅުވީ، އެއީ މާވަހަރެއް ކަން އަދި ޔަގީންވެފައި ނުވާ ކަމަށާއި ނަމަވެސް މާވަހަރެއް ކަމަށް ބެލެވޭތީ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެރަށު ގޮނޑުދޮށުން ފެނިފައި ވަނީ ކަޅު ކުލައިގެން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެކެވެ. މިހާރު އެ "މާވަހަރު"ގެ ސާމްޕަލް ޓެސްޓު ކުރުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.