13 Mar 2016, 22:04
ނ. ކެނދިކުޅުދޫގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސަތްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.
ކެނދިކުޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސަތްކަތް އެ ރަށު ކައުންސިލުން ހަވާލުކޮށްފައި ވަނީ ނަޒަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެ ކުންފުނިން ފުޓްސަލް ދަނޑު 60 ދުވަސް ތެރޭގައި އަޅައި ނިންމަންޖެ އެވެ.
އެ ފްޓްސެލް ދަނޑަކީ ޔޫތު މިނިސްޓްރީ އިން އަޅާ ދަނޑެކެވެ.
ފުޓްސެލް ދަނޑު އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ސައުކަތު އާއި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް ވަނީ ބައިވެރިވެފަ އެވެ.
ޔޫތު މިނިސްޓްރީ އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑުތަކާއި ފުޓްސަލް ދަނޑުތައް އަޅަމުން އަންނަ އިރު ރަށްރަށުގައި ހުރި ފުޓްބޯޅަ ދަނޑުތައް ވެސް އަންނަނީ ތަރައްގީ ކުރަމުންނެވެ.
އެގޮތުން ކެނދިކުޅުދޫގެ ދެ އަވަށުގައި ހުރި ދެ ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ވަށާ ފެންސުޖެހުމުގެ މަސަތްކަތް ލަަސްތަކެއް ނުވެ ފަށާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.