17 Mar 2016, 09:43
ގާނޫނާ ޚިލާފަށް ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ނިހާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 2:45 އެހާކަންހާއިރު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިތުރު ބަޔަކާ އެކު ލޯންޗެއްގައި މާމިގިއްޔަށް ދިޔުމުން އޭނާ އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެމީހުންނާ ބައްދަލުކޮށް މާމިގިލީ ކޯޓު ހުޅުވައިގެންތިބެ[email protected]ގެ ނަމުގައިވާ އީ-މެއިލް އެޑްރެހާއި އެއަށް ވަނުމަށް ބޭނުންވާ ޕާސްވޯޑް މުހުތާޒު އޭނާ އަށް ދިނުމުން، ނިހާން އެކޯޓުގެ ލެޕްޓޮޕުން އެ އީ-މެއިލް އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑްކޮށް، އެލިޔުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
އަދި އެއަށް ފަހު ރައީސް ޔާމީން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރެއްކަމަށް ދައްކުވައިދޭ ގޮތަށް ލިޔުމެއް ތައްޔާރުކޮށް ރައީސް ޔާމީން ހައްޔަރުކުރުވުމަށް ރާވައި އެކަން ކުރަން އުޅެފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
އެ ދައުވާ ނިހާންގެ މައްޗަށް ކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަންބަރާއި ދެ ވަނަ ނަންބަރާއި، ފަސް ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުންނެވެ.
އެ ދައުވާގެ އިތުރުން ވެސް އިތުރު ދައުވާތަކެއް ނިހާންގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
އެ މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.