20 Mar 2016, 16:00
ވޭތުވެދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް 172.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެއިދާރާއަށް މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 11 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރު އެމުއްދަތުގައި ލިބިފައިވަނީ 162 މިލިއަން ރުފިޔާއެވެ.
އެ ތަފާސްހިސާބްތައް ދައްކާގޮތުން ފެބުރުއަރީ މަހު ރާއްޖެއަށް 2.38 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެތެރެކުރި މުދަލުގެ ނިސްބަތް ވަނީ 23 ޕަސެންޓް އިތުރުވެފައެވެ. އަދި ރާއްޖެއިން 338.5 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އެކްސްޕޯޓްކުރި މިންވަރު ވަނީ 67 ޕަސެންޓް އިތުރުވެފައެވެ.
ކަސްޓަމްސް އިން މައުލޫމާތު ދޭގޮތުގައި މިދިޔަ މަހު ރާއްޖެ އެތެރެކުރި މުދަލުގެ ތެރެއިން ބޮޑުބައެއް ހިމެނެނީ ކާބޯތަކެއްޗެވެ.