22 Mar 2016, 10:13
ހުޅުލެއާ މާލެއާ ދެމެދު އަޅަމުން އަންނަ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރާ ސަރަހައްދުގައި މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު އެ ސަރަހައްދުގައި މީހަކު ވެއްޓި އަނިޔާވެފައިވާ ކަމަށާއި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ވެއްޓިގެން އަނިޔާވެފައި ވަނީ ބްރިޖް ހެދުމުގެ މަސައްކަތުގައި އުޅުނު ޗައިނާގެ ރައްޔިތަކަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ބްރިޖް އަޅާ ސަރަހައްދުން އަނިޔާވެގެން ގެނައި މީހަކަށް އެހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ތަފުސީލު އަދި ހާމަ ކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.