24 Mar 2016, 15:56
ޕެރިސް (މާޗް 24): މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕެރިހަށް ދިން ހަމަލާތަކުގައި އެންމެ އިސްކޮށް އުޅުނުކަމަށް ބެލެވޭ ސަލާހް އަބްދުއްސަލާމް އޭނާގެ ގައުމު، ފްރާންސަށް ދާން ބޭނުން ކަމަށް މިހާރު ބުނެފި އެވެ.
ބެލްޖިއަމް އަށް ފްރާންސުގެ ރައްޔިތެއް ކަމަށްވާ އަބްދުއްސަލާމް، ފްރާންސަށް ދާން ބޭނުންނުވާ ކަމަށް އޭނާގެ ވަކީލު ވަނީ މީގެ ކުރިން ބުނެފަ އެވެ. އެހެންކަމުން އޭނާ ފްރާންސަށް ފޮނުވަން މަދުވެގެން ތިން މަސް ނަގާނެ ކަމަށް ޕެރިހުގެ ޕްރޮސިކިއުޓަރު، ފްރާންސުވާ މޮލިންސް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް މިހާރު އޭނާ ބޭނުން ވަނީ އޭނާގެ ގައުމަށް އަނބުރާ ގޮސ،ް ކަން ހިނގި ގޮތް ކިޔާދޭން ކަމަށް އަބްދުއްސަލާމްގެ ވަކީލު ވިދާޅުވި އެވެ.
"ސަލާހް އަބްދުއްސަލާމް ވީހާ ވެސް އަވަހަކަށް ފްރާންސަށް ދާން ބޭނުންވާ ކަން އެންގުމަށް އޭނާ ވަނީ އެދިފައި،" ސަލާހުގެ ވަކީލު ވިދާޅުވި އެވެ.
ފްރާންސުން ސަލާހް ހައްޔަރުކުރުމަށް ޔޫރަޕަށް ނެރުނު އަމުރަކާ ގުޅިގެން މިމަހު 31 ވަނަ ދުވަހު އޭނާ ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ކޯޓަކަށް ހާޒިރު ކުރާނެ އެވެ. (ރޮއިޓާސް)