30 Mar 2016, 09:22
ނޭވާ ހިއްލުމުގެ މައްސަލަ އަށް ލުއި ކަމެއް ހޯދުމަށް އާއްމުކޮށް ބޭނުން ކުރާ އެއް ބުއިމަކީ ކެރެޓު ޖޫހެވެ. އެހެންނަމަވެސް ވިޓަމިންސީ އިން މުއްސަނދިވެފައިވާ އެ ޖޫހަކީ ކޮންމެ ކޮންމެ މީހަކަށް މީރު ޖޫހަކަށް ނުވެ އެވެ. އެހެންކަމުން އެހެނިހެން ބާވަތްތަކުގެ މޭވާ އާއި ފަތްޕިލާވެލި ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ތަފާތު ޖޫސްތަކަކަށް ބަލާލާނަމެވެ.

ކެރެޓު ---
ނޭވާ ހިއްލުމަށް ލުއި ކަމެއް ހޯދުމަށް ތައްޔާރު ކޮށްލެވިދާނެ ޖޫހެއް
ބޭނުންވާ ތަކެތި: ދެ ފެހި އާފަލު، އެއް ފަޅި ލުނބޯ، އެއް ބޮނޑި ޕާސްލީ، ހަ ސެލެރީ ރިބް، އެއް ބޮނޑި ސްޕިނެޗު
ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ރަނގަޅަށް ގުރައިންޑު ކޮށްލާށެވެ. އަދި މި ޖޫސް ވެސް ކޮންމެ ދުވަހަކު އާދަކޮށް ބޭނުން ކުރާށެވެ.
މަދު އެތޮކޮޅަކުން ތައްޔާރު ކޮށްލެވިދާނެ ޖޫހެއް
ބޭނުންވާ ތަކެތި: އެއް އައުންސް ވީޓްގްރާސް ޖޫސް، އެއް ލުނބޮލުގެ ހުތް
ތައްޔާރު ކުރާނެ ގޮތް: ވީޓް ގްރާސް ޖޫހާއި ލުނބޯ ހުތް އެއްކޮށްލުމަށް ފަހު ބޯލާށެވެ.
ކެރެޓާއެކު އެހެނިހެން އިތުރު ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ޖޫހެއް
ބޭނުންވާ ތަކެތި: އެއް ބޮނޑި ވޯޓާކްރެސް, ބައި އިންޗި އިނގުރު، ދޭއް ނުވަތަ ތިން ކެރެޓު
ތައްޔާރު ކުރާނެ ގޮތް: ހުރިހާ އެއްޗެއް އެއްކޮށްލުމަށް ފަހު ރަނގަޅަށް ގުރައިންޑު ކޮށްލާށެވެ. އަދި އެ ޖޫސް ކޮންމެ ދުވަހަކުވެސް އާދަކޮށް ބޭނުން ކުރާށެވެ.
ވިޓަމިން ސީ، ބީޓާ ކެރޮޓިން އަދި ފްލެވޮނޮއިޑްސް އިން މުއްސަނދިވެފައިވާ މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތަކަކީ ނޭވާ ހިއްލުމަށާއި ދިމާވާ އެހެނިހެން ރެސްޕިރޭޓަރީ މައްސަލަތަކަށް ލުއި ކަމެއް ގެނެސްދޭ ބާވަތްތަކެވެ.

މޭވާ އާއި ތަރުކާރީ
އެފަދަ ބައެއް މޭވާ އާއި ތަރުކާރީތަކުގެ ތެރޭގައި، ކިއުކަމްބާ، ޓޮމާޓޯ، ބީޓްރޫޓް، ބަރަބޯ، އަންނާރު، ސްޓްރޯބެރީ، އަލަނާސި ފަދަ މޭވާ އާއި ތަރުކާރީ ހިމެނެ އެވެ.
އެހެންކަމުން ނޭވާ ހިއްލުމުގެ މައްސަލަ ދިމާވާ ފަރާތްތަކުން ވީހާ ވެސް ގިނައިން އެފަދަ މޭވާ އާއި ތަރުކާރީ އަދި ފަތްޕިލާވެލި ބޭނުން ކުރުން މުހިއްމެވެ.