31 Mar 2016, 21:50
ރާއްޖެއާއި ރާއްޖޭން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ރާއްޖެއިންނާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް 100 ލޯން އެހީގެ ފުރުސަތު، ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.
އެ ޑިޕާޓްމަންޓުން މިއަދު ކުރިއިއުލާނެއްގައިބުނެފައިވަނީ، ލޯން އެހީގެ ފުރުސަތު ލިބިގެންދާނީ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ހިމެނޭ ދާއިރާގެ ކޯހެއްގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ކަމަށެވެ. ޑިޕާޓްމަންޓުން އާއްމުކޮށްފައިވާސްކިލްސް ޝޯޓޭޖް ލިސްޓުގައި 294 ދާއިރާއެއް ކަނޑައަޅާފައިވެ އެވެ.
ރާއްޖޭން ހުޅުވާލާފައިވާ ފުރުސަތު:
- ޑިޕްލޮމާ 20 ފުރުސަތު
- ބެޗްލާސް ޑިގްރީ 30 ފުރުސަތު
- މާސްޓާސް ޑިގްރީ 10 ފުރުސަތު
ރާއްޖޭން ބޭރުން ހުޅުވާލާފައިވާ ފުރުސަތު
- ބެޗްލާސް ޑިގްރީ، 30 ފުރުސަތު
- މާސްޓާސް ޑިގްރީ، 10 ފުރުސަތު
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، އެ ކޯހަށް ކުރިމަތިލުމުގެ ޝަރުތެއްގެ ގޮތުގައި މިމަހުގެ އެއް ވަނަ ދުވަހުގެ ކުރިން، އެ ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓުގައި ފާހަގަކޮށްފައިވާ ކޯހެއްގައި ފުލްޓައިމްކޮށް ކިޔަވަމުންދާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ.
އެ ލޯނުގެ ފުރުސަތުތަކަށް އެދުމަށް ހުޅުވާލާފައިވަނީ އަންނަ މަހުގެ 24 އިން 28 ވަނަ ދުވަހާ ހަމައަށެވެ.