ފިލްމީ ދާއިރާގައި 16 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ކަރީނާ ކަޕޫރަކީ ހިންދީ ފިލްމީ އިންޑަސްޓްރީއަށް މުހިއްމު ތަރިއެކެވެ. ނަމަވެސް ކަރީނާގެ އެންމެ ބޮޑު ޝަކުވާއަކީ ކުރީގައި އެކްޓަރުންނަށް ކުރި އިހްތިރާމް މިހާރު ނުލިބޭތީ އެވެ.

ކަރީނާގެ އެންމެ ފަހުގެ ފިލްމު، "ކީ އެންޑް ކާ" އާގުޅިގެން ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ، ފިލްމު އުފެއްދުމުގެ އާ ޖީލަށް މަރުހަބާކިޔާފައެވެ. ނަމަވެސް ފިލްމީ ތަރިން ޕްރޮމޯޓްވުމަށް މިހާރު ގެންގުޅެމުންދާ ގޮތްތަކާމެދު އޭނާ ވަނީ ކަންބޮޑުވާކަމަށް ބުނެފައެވެ.

"ކުރީގައި، އެބަޔަކު އެންމެ ޝައުގުވެރިވާ އެކްޓަރެއް ދެކިލުމަށް މީހުން ތިބެނީ ކެތްމަދުވެފަ. ނަމަވެސް މިހާރު ސެލަބްރިޓީސް ދަނީ ފާހާނާގައި ނަގާ ފޮޓޯތަކާއި އަދި ބަލާލަން ކަމުނުދާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލަމުން،" ސޯޝަލް މީޑިއާ އިން ނުފެންނަ ކަރީނާ ބުނެފައިވެ އެވެ.

"ބަޖްރަންގީ ބައިޖާން"ގެ ތަރި ބުނާގޮތުން، ކިތަންމެ ވަރަކަށް ފިލްމު ޕްރޮމޯޓްކުރި ނަމަވެސް، ފިލްމު ކާމިޔާބު ވާނެކަމުގެ ޔަގީންކަން މިއަދު ނެތެވެ. އަދި އިއްޔެ ރިލީޒްކުރި ކަރީނާގެ އެންމެ ފަހު ފިލްމު، "ކީ އެންޑް ކާ" އަކީ ޝައުގުވެރި އަދި މިހާތަނަށް ބޮލީވުޑަށް އައިސްފައިނުވާ ތަފާތު ކޮންސެޕްޓަކަށް އުފައްދާފައިވާ ފިލްމެއް ކަމަށް އޭނާ ބުނެފައިވެ އެވެ.