މީގެ 18 އަހަރު ކުރިން ރިލީޒު ކުރި ދިވެހި ފިލްމު "އަމާނާތް" އަނެއްކާވެސް ސްކްރީންތަކުގައި އަޅުވަން ނިންމާފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް(ޓެޑްރީ) ބުނެފިއެވެ. އޭނާ އެކަން ހާމަކޮށްފައިވަނީ ރޭ ބޭއްވި މޯލްޑިވިއަން އައިޑަލްގެ އެލިމިނޭޝަން ޝޯވްގަ އެވެ.

"އަމާނާތް" ސްކްރީންތަކުގައި އަޅުވަން ނިންމާފައިވާ ކަމުގެ އުފާވެރި ހަބަރު ދިން ނަމަވެސް، ފިލްމު އަލުން އަޅުވާނެ ތާރީހެއް ޓެޑްރީ ހާމައެއް ނުކުރެ އެވެ. ޓެޑްރީ ބުނީ އެ ތާރީހު ވަރަށް އަވަހަށް ފޭސްބުކް މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށެވެ.

ޖަމްޝީދާ ---

ނަވާރަ ސަތޭކަ ނުވަދިހަ އަށެއްގައި ރިލީޒު ކުރި ފިލްމު "އަމާނާތް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. ދެހާސް ހަތްވަނަ އަހަރު ބޭއްވި ފިލްމު ފެއާ އެވޯޑުގައިވެސް އެ ފިލްމަށް ވަނީ 12 އެވޯޑު ލިބިފަ އެވެ.

އަލީ ހާލިދު ---

މަހުދީ އަހުމަދު ޑައިރެކްޓު ކުރި އެ ފިލްމަކީ 1983 ވަނަ އަހަރު ރިލީޒު ކުރި ހިންދީ ފިލްމު "މާސޫމް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ފިލްމު "އަމާނާތް" ގެ ލީޑުރޯލު ކުޅުނީ، "ދެރިޔާ" ގެ ވެސް ލީޑު ރޯލު ކުޅުނު އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދުގެ އިތުރުން ފާތިމަތު ރަމީޒާ އެވެ.