07 Apr 2016, 14:59
ހދ. ކުޅުދުއްފުށީ "މޫސުމް3" ދޯނިން ހޮވި 20 ކިލޯގެ އެއްޗަކީ މާވަހަރެއް ކަމަށް ޔަގީން ކުރެވިއްޖެ އެވެ.
ސަން އާ ވާކަހަ ދައްކަމުން ދޯނީގެ ވެރިފަރާތް ކަމަށްވާ ހދ. ކުޅުދުއްފުށީ ހިރި އަލީ ރިޒާ، 52. އަހަރު ބުނީ، އެނާގެ ދޯނިން ހޮވި މާވަހަރުގެ ސާމަޕަލެއް މީގެ ދެ ވަރަކަށް ހަފުތާ ކުރިން ދުބާއީއަށް ފޮނުވާފައިވާ ކަމަށާއި، އަދި ދުބާއީގައި ހެދި ޓެސްޓުތަކުން އެއީ މާވަހަރެއްކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.
"ދުބާއީ އަށް ހިފައިގެން ދިޔަ މީހާ އިއްޔެގަ އަޅުގަނޑުމެންނަށް ގުޅާފަ ބުނީ، އެއީ ހުދަންބަރެއްކަން ޔަގީނޭ. ދުބާއީން ޓެސްޓު ކުރިތަނުން ބުންޏޭ ހުދަންބަރެކޭ،" އަލީ ރިޒާ ބުންޏެވެ.
އޭނާ ބުނީ، މިހާރު ކުރިއަށްދަނީ މާވަހަރު ވިއްކާލުމުގެ ކަންތައްތައް ކަމަށެވެ. އެހެންނަމަވެސް އަދި ވިއްކާނެ ބަޔަކު ނުނިންމާ ކަމަށްވެސް ރިޒާ ބުންޏެވެ.
"އަދި ނުއެއް ވިކޭ. އަދި ވަކި ނެތް، ރަނގަޅު ބައެއް ބަލާފަ އެކަން ނިންމައިދޭނަމޭ ބުނީ، އަޅުގަނޑުމެންނަށް އެއްފަހަރު ދިން ލިޔުމުގައި އިންނަނީ ގުރާމަކަށް 40 ޑޮލަރު، ދެން އިނީ 38 ޑޮލަރު، 22 ޑޮލަރު ގުރާމަކަށް. އެ ތިން އަދަދު ތެރެއިން އެންމެ މަތިން ވިކޭ އަގަކަށް ވިއްކާނީ،" ރިޒާ ބުންޏެވެ.
އޭނާ ބުނީ، މާވަހަރު ވިއްކާނެ އަގެއް އަދި ނުނިންމާ ކަމަށާއި މާވަހަރު ވިއްކާލައިގެން ލިބޭ ލާރިން ދޯންޏަށް ދެބައި ކުޅަ އެއްބައި ނެގުމަށްފަހު، ބާކީ ބައި ދޯނީގެ މީހުންނަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ.
"ބެހުމުގައި އިންނަނީ ދެބައި ކުޅައެއްބައި އޮޑިއަށް ނެގިފަ، ދެން އިންނަ ބައި އެންމެންގެ މައްޗަށް ހަމަހަމައަށް ބެހޭ ގޮތަށް،" ރިޒާ ބުންޏެވެ.
"މޫސުމް3" ދޯނިން އެ މާވަހަރު ހޮވާފައިވަނީ މިދިޔަ މާރިޗު މަހުގެ 17 ވަނަ ދުވަހު މެންދުރު 2:30 ކަން ހާއިރު އެން ދަމައިގެން ކުޅުދުއްފުއްޓަށް ދިޔަ މަގުމަތީގަ އެވެ.
މިދިޔަ މަހު ހޯދާފަ އެވެ. އެހެންނަމަވެސް ތަހުލީލުތަކުން އެއީ ތެޔޮގަނޑެއްކަން މިހާރު ވަނީ ޔަގީން ވެފައެވެ.