08 Apr 2016, 10:12
އެމްޕީއެލް ސަރަހައްދުގައި އޮތް ބޯޓަކުން ކޮންޓޭނަރުތަކެއް ބާލަމުންދިޔަ ކެރޭނަކަށް މައްސަލައެއް ދިމާވެ، ކޮންޓޭނަރެއް ވެއްޓި ހާދިސާއެއް ހިނގައިފި އެވެ.
އެމްޕީއެލްގެ މީޑިއާ އޮފިޝަލު އަހުމަދު އާތިފް ވިދާޅުވީ، އެ ހާދިސާގައި ކޮންޓެއިނަރު ވެއްޓިފައިވަނީ މުދާ ބާލަމުންދިޔަ ބޯޓުގެ ފަލްކާ ތެރެއަށް ކަމަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެ އެވެ.
އާތިފް ވިދާޅުވީ، ކޮންޓެއިނަރު ވެއްޓި ލިބުނު ގެއްލުންތަކާ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްޕީއެލްއާއި ފުލުހުންގެ އިތުރުން ޓްރާސްޕޯޓް އޮތޯރިޓީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމްޕީއެލްގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ރޭ 19:10 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގެ ތަފްސީލެއް އޮފިޝަލު ނުދެއްވައެވެ.