10 Apr 2016, 10:53
ވެލިދޫއިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ އިންޖީނު ހުއްޓުމުން ބޯޓުން ދަތުރު ކުރަމުން ދިޔަ މީހުން ސަލާމަތްކޮށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ކ. ކާށިދޫ ކައިރިން އިންޖީނު ހުއްޓިފައި ވަނީ ވެލިދޫ "ހަނދުވަރު ބޯޓު" ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް ވިދާޅުވީ އިންޖީނު ހުއްޓުނު ބޯޓުގައި 90 އަށް ވުރެ ގިނަ މީހުން ތިބި ކަމަށެވެ.
އަދި އެ މީހުން މާލޭ ގެނައުމަށް އެމްއެންޑީއެފް ކޯސްޓުގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި 9:30 ހާއިރު އެމްއެންޑީއެފް ޝިޕް ނޫރައްދީން ބައެއް މީހުން ގޮވައިގެން މާލެ އަންނާނެ ކަމަށެވެ.
ޝިޕް ނޫރައްދީން މިހާރު އަންނަނީ 52 މީހުންނާ އެކު މާލެއަށް ދަތުރު ކުރަމުންނެވެ.