ޕީއެސްއެމް އިން ގެނެސްދޭ މޯލްޑިވިއަން އައިޑަލްގެ މާލޭ އޮޑިޝަނުން އެންމެ ފުރަތަމަ ގޯލްޑަން ޓިކެޓު ލިބުނު ރޮކްސްޓާ މުހައްމަދު މުއައްޒިން ނައީމް މުބާރާތުން ކަޓައިފި އެވެ. އޭނާ ޝޯވް އަށް އަލްވަދާއު ކިޔާފައި ވަނީ ބެލުންތެރިންގެ ވޯޓާއި ޖަޖުންގެ މާކުހުން އެންމެ ދަށް ނަތީޖާ އެއް ލިބިގެންނެވެ.

މުއައްޒިން އާ އެކު ދެން "ބޮޓޮމް ތްރީ"ގައި ހިމެނުނު އަނެއް ދެ ބައިވެރިންނަކީ، އަބްދުﷲ ފާލިހު އާއި މުހައްމަދު އިޝާން އެވެ.

ރޭގެ ޝޯވްގައި "ގެސްޓް ޖަޖް" ގެ ގޮތުގައި ބައިވެރިވި ޒޫނާ ލަވައެއް ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

ރޭގެ ޝޯވްގައި ގެސްޓު ޖަޖެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ފާތިމަތު ޒޫނާ ބައިވެރިވި އެވެ.

ރޭގެ ޝޯވްގައި ތޮލާޤު، ޒަލީފު އަދި ޝަލަބީ ލަވައެއް ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

އެ ޝޯވްއިން ޒޫނާގެ ހުށަހެޅުމެއް ފެނިގެން ދިޔަ އިރު، ރާއްޖޭގެ ޒުވާން ދެ ލަވަކިޔުންތެރިން ކަމަށްވާ އައިޝަތު މާއިން ރަޝީދު އާއި އާއި ހަސަން ތޮލާޤު ވެސް ވަނީ ބައިވެރިންނާ އެކު ލަވަތައް ހުށައަޅައިދީފަ އެވެ.

ރޭގެ ޝޯވްގައި، އިޝާން، މާއިން އަދި ފާލިހު ލަވައެއް ހުށަހަޅައިދެނީ --- ފޮޓޯ: ޕީއެސްއެމް

މި ހަފްތާގެ ޝޯވް އިން މުއްޒިން ކެޓުމާ އެކު، ގަދަ ފަހަކަށް ދަތުރު ކުރި ބައިވެރިންނަކީ މުހައްމަދު ޒަލީފު އަބްދުﷲ، ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހިމް އަދި މުހައްމަދު އިޝާންގެ އިތުރުން އަބްދުﷲ ފާލިހު އެވެ.

ރޭގެ ޝޯވްގައި މުއައްޒިން، މާއިން އާއެކު ލަވައެއް ހުށަހަޅައި ދެނީ --- ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ފުރެންޗައިޒް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް، މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯވް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.