މަރުކަޒީ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި މިމަހުގެ ތެރޭގައި އިތުރު އެކްސްރޭ މެޝިނެއް އިންސްޓޯލް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި މިމަހުގެ ތެރޭގައި އިތުރު އެކްސްރޭ މެޝިނެއް އިންސްޓޯލް ކުރެވޭނެ ކަމަށާއި އެއާ އެކު މިހާރު ނެހެދޭ ބައެއް އެކްސްރޭތައް ހެދޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ އެކްސްރޭ މެޝިނަށް މިހާރު ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ބައެއް ބޮޑެތި އެކްސްރޭތައް ނުހެދެއެވެ. ނަމަވެސް 90 ޕަސެންޓް އެކްސްރޭ ހެދޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން މިހާރު ދަނީ އެ ހޮސްޕިޓަލުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.