މި އަހަރަކީވެސް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ހާން އަށް ވަރަށް ކާމިޔާބު އަހަރެކެވެ. މި އަހަރު ރިލީޒް ކުރި އޭނާގެ ފުރަތަމަ ފިލްމަށް ވެސް ބޮޑު ކާމިޔާބީ އެއް ވަނީ ލިބިފަ އެވެ.

ޝާހުގެ "ފޭން" ރިލީސް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން އެ ފިލްމު ރިލީސް ކުރިތާ މި އަދަށް ތިން ދުވަސް ހަމަވީއިރު އެ ފިލްމަށް ވަނީ ޖުމްލަ 52.35 ކުރޯޑު ރުޕީސް ލިބިފަ އެވެ.

ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް އެ ފިލްމަށް 19.20 ކުރޯޑު ރުޕީސް ލިބުނެވެ. އަދި ދެވަނަ ދުވަހު 15.40 ކުރޯޑު ރުޕީސް ލިބުނު އިރު ތިން ވަނަ ދުވަހު 17.75 ކުރޯޑު ރުޕީސް ލިބިފައި ވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ޝާހު "ނެގެޓިވް" ރޯލަކުން ފެނުނު އެ ފިލްމަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުވެސް ކޮށްފަ އެވެ. ޝާހު ވަނީ އޭނާގެ ފިލްމަށް އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާތީ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.