08 May 2016, 13:56
ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ ބަދަލުތައް ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓާ މިއަދު ހިއްސާކުރައްވައިފި އެވެ.
އެ ބަދަލުތައް ވޯލްޑް ބޭންކުގެ ވައިސް ޕްރެޒިޑެންޓް، އެނެޓް ޑިކްސަން އާ ހިއްސާކުރައްވާފައި ވަނީ އެނެޓް ޑިކްސަން ރައީސް ޔާމީންގެ އަރިހަށް ކުރައްވަމުން ގެންދަވާ އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިން މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ވޯލްޑް ބޭންކުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އެގޮތުން ކުނި މެނޭޖުކުރުމަށް ޓަކައި އިންސިނަރޭޓާ ސިސްޓަމް ބެހެއްޓުމާއި މަސްވެރިކަމުގެ ދާއިރާ އިން ވޯލްޑް ބޭންކުގެ އެހީގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.